ޚަބަރު
މަޖިލީހަށް ހީނާގެ ރައްދު: އޭސީސީގެ ރިޕޯޓް ބޮލާލާ ނުޖަހާނަން

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި، މިދިޔަ ސަރުކާރުން ‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދިނުން ލާޒިމް ކުރާ ބިލާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރައްދު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ މި މައްސަލައިގައި ވަރަށް ކަންބޮޑުވާ ރިޕޯޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ކަމަށާއި އެ ރިޕޯޓު ބޮލާލާ ނުޖަހާނެ ކަމަށެވެ.

އެނގި ވަޑައިގަންނަވާނެ އޭސީސީގެ ރިޕޯޓެއް އެބަ އޮތް ފްލެޓްތައް ދޫކޮށްފަ ހުރި ގޮތާ ގުޅޭގޮތުން. އެބޭފުޅުންގެ ރިޕޯޓެއް އެބަ އޮތް. އޭގަ އެބަ ހުރި ވަރަށް ކަންބޮޑުވާ ކަންތައްތަކެއް.

ހީނާ ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި އެތަށް ކަންބޮޑުވުންތަކެއް ފާހަގަކޮށްފައި ވަނިކޮށް އެ ރިޕޯޓު ބޮލާލާ ޖަހާ އެހެން ގޮތަކަށް އަމަލު ކުރުމަކީ ފްލެޓް ނުލިބޭ މީހުންގެ އިތުރުން ފްލެޓް ލިބުނު މީހުންގެވެސް އެތަށް ހައްގެއް ގެއްލިގެންދާ ކަމެއްކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރައްވާނީ އެންމެ އިންސާފުވެރިކޮށް އެންމެ ރަނގަޅު ގޮތަކަށް އެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

17
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top