ފްރާންސްގެ ކުންފުންޏަކުން އިންސާނުންގެ ފުރަގަސްފަރާތުން ބޭރުވާ ވައި ނުވަތަ ފޮޑީގެ ވަސް ރަނގަޅުކޮށްދޭ ބޭހެއް އުފައްދައިފިއެވެ.
އެ ބޭސް އުފައްދާފައިވަނީ 69 އަހަރުގެ ކްރިސްޓިއަން ޕޮއިންޗްވެލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި އެ ބޭހުގެ ސަބަބުން ފޮޑީގެ ވަސް ޗޮކްލެޓް ނުވަތަ ފިނިފެންމަލުން ދުވާ ޒާތުގެ މީރު ވަހަކަށް ބަދަލުވެއެވެ.
ޕޮއިންޗްވެލް މިހާރު އެ ބޭސް އޮންލައިންކޮށް ވިއްކާއިރު ބޭހުގެ 60 ކެޕްސިއުލް ވިއްކަނީ 23 ޑޮލަރަށެވެ. އަދި ގިނަ ބަޔަކު އެ ބޭސް ގަންނަމުން އަންނަ ކަމަށް އޭނާ ބުނެއެވެ.
ފޮޑީގެ ވަސް ރަނގަޅުކޮށްދޭ މި ބޭހަކީ، ހަފްލާތަކާއި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު ކެއުން އެދެވިގެންވާ ބޭހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް މި ބޭހަކީ ސިއްހީ ގޮތުން ރައްކާތެރި އަދި ރައްކާތެރި ނޫން ބޭހެއް ކަމުގައި ދުނިޔޭގެ އެއްވެސް ސިއްހީ އިދާރާއަކުން އަދި ނިންމާފައެއް ނުވެއެވެ.