ކުޅިވަރު
ފަސޭހަ މޮޅަކާއެކު ޗެލްސީން ޔޫރަޕުގެ މުބާރާތެއްގެ އުންމީދު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ތަފާތު ބޮޑު ނަތީޖާއަކުން ވެސްޓް ހޭމް ބަލިކުރުމަށްފަހު ޗެލްސީން ޔޫރަޕުގެ މުބާރާތެއްގެ އުންމީދު ދަމަހައްޓައިފި އެވެ.

އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފަ އެވެ. 15 ވަނަ މިނެޓުގައި ކޯލް ޕާމާ ގޯލެއް ޖަހާފައިވާއިރު، 30 ވަނަ މިނެޓުގައި ކޮނާ ގެލަގާ ވަނީ ޗެލްސީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ ހަ މިނެޓު ފަހުން ޗެލްސީގެ ތިންވަނަ ގޯލު ޖެހީ ނޯނީ މަޑުއޭކޭ އެވެ.

ދެވަނަ ހާފު ފެށިގެން ތިން މިނެޓުގެ ތެރޭގައި ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ޖަހާފަ އެވެ. އަދި 80 ވަނަ މިނެޓުގައި ޖެކްސަން ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ.

މި މޮޅާއެކު ޗެލްސީ ވަނީ 54 ޕޮއިންޓާއެކު  ހަތް ވަނަ އަށް ޖެހިލާފަ އެވެ. ހަވަނައިގައި ނިއުކާސަލް އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.

ސީޒަނުގެ ފަހު ތިން މެޗުގައި ޗެލްސީ ކުޅެން ޖެހޭނީ ނޮޓިންހަމް ފޮރެސްޓާއި ބްރައިޓަން އަދި ބޯންމައުތާ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top