ސަމްހާ އަހުމަދު، އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.
މީގެކުރިން، މިދިޔަ މަހުގެ 18 ވަނަ ސުވަހު ސަމްހާ ވަނީ 5000 މީޓަރުގެ ރެކޯޑް މުގުރާލާފަ އެވެ. ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް، ސަމްހާ، ރޭސް ނިންމާފައިވަނީ 19 މިނިޓް، 42.45 ސިކުންތުންނެވެ.
ސަމްހާ ރެކޯޑް މުގުރާލިތާ މަހެއް ނުވަނީސް، އޭނާ ވަނީ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ. ޖަރުމަންގެ ވަސެންބަގްގައި ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ސަމްހާ ރޭސް ނިންމާލާފައިވަނީ 19 މިނިޓް، 41.86 ސިކުންތެވެ. މިއާއެކު ސަމްހާ ވަނީ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕުގެ 40 އަހަރުން މަތީގެ ބައިން ތިންވަނަ ހޯދާފަ އެވެ.
ޖަރުމަނުގައި ދިރިއުޅެމުން އަންނަ ސަމްހާ ޓްރެއިނިން ކުރިޔަށް ގެންދަނީ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ އިރުޝާދުގެ ދަށުންނެވެ.