ކުޅިވަރު
ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބާސެލޯނާ އިން ވެލެންސިއާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބާސެލޯނާއިން ވެލެންސިއާ ބަލިކޮށްފި އެވެ.

ހޯމަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބާސެލޯނާ އަށް ކުރިހޯދައިދިނީ ފާމިން ލޮޕޭޒް އެވެ. ނަމަވެސް،، އޭގެ ފަސް މިނެޓު ފަހުން ވެލެންސިއާގެ ހޫޑޯ ޑޫރޯ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި، މެޗުގެ 38 ވަަނަ މިނެޓުގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށް ޕެޕެލޫ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެލެންސިއާގެ ކީޕަރު ޖިއޯޖީ މަމަޑަޝިވީ އަށް ރަތް ކާޑު ދެއްކުމާ ގުޅިގެން ދެވަނަ ހާފު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. އޭގެ ފައިދާ ނަގައި، ލެވަންޑޯސްކީ ވަނީ ދެވަނަ ހާފު ފެށުނުތަނާ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ބާސެލޯނާ އަށް ކުރިހޯދަދީފަ އެވެ. އޭނާ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެއީ ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ގޯލެވެ.

މި މޮޅާއެކު ބާސެލޯނާ ދެވަނައިގައި އޮތީ 73 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 84 ޕޮއިންޓެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top