ރަމަޟާންމަހަކީ އެއްގޮތަކަށްވުރެ ގިނަގޮތްގޮތުން ޚާއްސަކަން ލިބިގެންވާ މަހެކެވެ. ދިވެހިންނަކީ ސައްތަ އިންސައްތަ މުސްލިމުން ދިރިއުޅޭ ގައުމެއްކަމުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ގިނަ ބަދަލުތައް ގެންނަ މައްސަރެއްކަމަށް މި މަސްވެއެވެ. މިގޮތުން ކުރިން ކިތަންމެ ސިއްހަތަށް ގެއްލުން ހުރި ގޮތަކަށް ކައި އުޅުން މީހަކު ނަމަވެސް ރަމަޟާންމަހުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ލޯބިކުރާ މީހުންގެ އަދަދު ގިނައެވެ. އަދި ސިއްހަތު ދުޅަހެޔޮކަންމަތީ ދަމަހައްޓަން ބޭނުންވާ ކާނާ އެއްތަނަކުން އެއްވަގުތެއްގައި ބޭނުންނަމަ ދާންވީ ކެފޭ ރިޓްރީޓްއަށް ރޯދަ ވީއްލުމަކަށެވެ. ހަމައެކަނި މި ސަބަބަށްޓަކާއެއް ނޫނެވެ. އިފްތާރަކަށް ކެފޭ ރިޓްރީޓްއަށް ދާންވީ ސަބަބުތައް ބައިވަރެވެ.

ކެފޭއަށް ވަންނަ އިރަށް އެތަނުގެ ވެއިޓަރުން ޚިދުމަތް ދިނުމަށް އަވަސްވެގަނެއެވެ. އަދި ކުރިން ރިޒަވޭޝަންއެއް ހައްދައިފައި އިން މީހަކު ނަމަ އެމީހަކުގެ މޭޒު ދައްކައިދެއެވެ. ރޯދަ ވީއްލުން އެންމެ ރަނގަޅު ދެ ކާނާއެއްކަމަށް ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވެފައިވާ ކަދުރާއި ފެން މޭޒުގެ ދޮށަށް ގެނެސްދެއެވެ. ގިނަ މީހުންނަށް އެނގޭނެފަދައިން ކަދުރަކީ އޭގެ ސަބަބުން ހަޖަމްކުރަން ފަސޭހަވުމުގެ އިތުރުން ގޭސްޓްރިކް ވުމުންވެސް ދުރުކޮށްދޭ މޭވާއެކެވެ. ރޯދަ ވީއްލަން މޭޒުދޮށަށް ކޮންމެވެސް ވައްތަރެއްގެ ހެދިކާތަކެއްގެ އިތުރުން ފިނިކުރެވިފައިވާ ތާޒާ މޭވާގެ ޖޫހެއްނުވަތަ ފަނި ގެނެސްދެއެވެ. ފަނިތަކުގެ ތެރޭގައި ދެ ވައްތަރެއްގެ ފަނި ހިމެނޭނެއެވެ. ދެ ފަނިތަށިވެސް ތައްޔާރުކޮށްފައިވަނީ ތާޒާ މޭވާއިން އަރުތެރެ ފިނިކޮށްލަދޭނެ ފަދައިންނެވެ. ފަންޏަށް ހަކުރު އަޅާފައިވަނީވެސް ސިއްހަތަށް އޭގެ ސަބަބުން ގެއްލުން ނުވާ ވަރަށް، މަދުކޮށެވެ. ނަމަވެސް ތިބާއަކީ ފޮނިގަދަކޮށް ފަނިބޯން ބޭނުން މީހަކުނަމަ އެ ފުރުސަތުވެސް މި ކެފޭއިން ފަހިކޮށްދީފައި ހުންނާނެއެވެ.

ދެން އޮތީ އިފްތާރަށް ޚާއްސަކޮށް ކެފޭ ރިޓްރީޓް އިން ތައާރަފްކޮށްފައިވާ މެނޫގެ ދަށުން ހުންނަ ގިނަ އަދަދެއްގެ ކާނާގެ ވާހަކައެވެ. ފުރަތަމަ ބަލައިލާނީ ކޮއްތުގެ ގޮތުގައި ހުރި ކާނާއަށެވެ. މިގޮތުން ރޮށި، ފަރާޓާ އަދި ފެންފޮޅިއާއެއްކޮށް ކެއުމަށް މީރު މަސްކުރޮޅި ނުވަތަ މަސްހުނި ލިބެންހުރެއެވެ. ޕާސްޓާ، ސްޕެގެޓީ، ގްރީކް ރައިސް، މެކްސިކަން ރައިސް އަދި ތަފާތު ފްރައިޑް ރައިސްގެ ވައްތަރުތައް އެކި ދުވަސްދުވަހުގައި ލިބެން ހުރެއެވެ. މި ކޮއްތުގެ ސައިޑް ޑިޝްގެ ގޮތުގައިވެސް އެކި ދުވަސްދުވަހު އެކިކަހަލަ ކާނާހުރެއެވެ. މިގޮތުން ބަލާއިރު މެކްސިކަން ސެލެޑް، ވެޖިޓަބަލް ހަވާއިއަން ސެލެޑް ފަދަ ތަފާތު ސެލެޑާއި ބިސްގަނޑު ގެ އިތުރުން ކެއްކި ތަރުކާރީވެސް ހުރެއެވެ. މިއީ ހައްތަހާވެސް ސިއްހަތަށް ފައިދާހުރި ކާނާއެވެ. މިކަމުންވެސް އެނގެނީ ކެފޭ ރިޓްރީޓަކީ ކަސްޓަމަރުންގެ ސިއްހަތަށް ޚާއްސަ ސަމާލުކަމެއްދޭ ބައެއްކަމެވެ.

މި ހުރިިހާ ކާނާއަކީވެސް ރަހައިގެ ގޮތުން ތަފާތުވުމުގެ އިތުރުން ނުހަނު މީރު ކާނާކަމަށް ފާހަގަކުރެވެއެވެ. ރިހައިގެ ގޮތުގައި ހުންނަ މުގު ރިހަ، ކުކުޅުރިހަ އަދި ބީފް މަސާލާއަކީ ވަރަށް މީރު ހަވާދުގަނޑެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާނާއެވެ. މި ހުރިހާ ރިހައެއް އަދި ކޮއްތުގެ ބާވަތްތައްވެސް ތައްޔާރުކޮށްފައިވަނީ އެކަށީގެންވާ މިންވަރަށްވުރެ ކުޅިރަހަ ގަދަނުވާ ފަދައިންނެވެ. ރޯދަ ވީއްލާ ވަގުތުގައި މާ ކުޅިކޮށް ކެއުމަކީ ވަރަށް ސިއްހަތަށް ގެއްލުން ހުރި ކަމެއްކަމުން އަނެއްކާވެސް ކެފޭ ރިޓްރީޓުން މި ދައްކުވައިދިނީ ކަސްޓަމަރުންގެ ދުޅަހެޔޮކަމަށް އިސްކަންދޭ މިންވަރެވެ. ތިބާއަކީ ކުޅިކޮށް ކެއުމަށް ލޯބިކުރާ މީހަކު ނަމަ ހާސްވާކަށް ނުޖެހެއެވެ. ވަކި ތަބަކެއްގައި ފިޔާ، މިރުސް އަދި ލުނބޯއެކުލަވައި، ރަހަ ހެޔޮވަރު ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ދީފައެވެ.

ދެން އޮތީ ކުޅިކާނާއަށްފަހު އަނގަ މީރުކޮށްލުމުގެ ގޮތުން ފޮނި ކާނާއެއް ކެއުމެވެ. ފޮނިކާނާގެ ގޮތުގައިވެސް ކެފޭ ރިޓްރީޓްއިން ވަރަށް ތަފާތު، ދިވެހިންނަށް އާ ކާނާތަކާއެކު، ދިވެހިންގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ކާނާ ހުންނަކަން ފާހަގަކުރެވެއެވެ. ކެއުމަށް އިންސާފުކުރަމުންދާ ވަގުތުގައިވެސް ސައި ނުވަތަ ކޮފީ ބޭނުންތޯ ސުވާލުކޮށް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ވެއިޓަރުން ކުރާ މަސައްކަތް ކުރިއަށް ގެންދެއެވެ. ރޯދަ ވީއްލައި ނިމުމުން ދުފުގެ އިންތިޒާމުވެސް ހަމަޖައްސައިފައިވަނީ ވަރަށް ފުރިހަމައަށެވެ.

އެންމެ 140-160 ރުފިޔާ ހޭދަކޮށްގެން މަތީފެންވަރެއްގެ ރޯދަ ވީއްލުމެއް ބޭނުންވާނަމަ ދާންވީ މާފަންނު ބުރުޒުމަގާއި ހަނދުވަރީ ހިނގުން ގުޅޭ ކަންމައްޗަށް ހުންނަ ކެފޭ ރިޓްރީޓަށެވެ. 

ކެފޭ ރިޓްރީޓުން އިފްތާރަށް ބުކް ކުރެއްވުމަށް ގުޅުއްވާނީ: 7778616 ނަންބަރު ފޯނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *