ޚަބަރު
ކެމްޕެއިން އޮފީސް ރޯކޮށްލި މީހާގެ ބަންދަށް 10 ދުވަސް

ޕީއެންސީގެ ކެންޑިޑޭޓެއްގެ ކެމްޕެއިން އޮފީސް ރޯކޮށްލި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ހދ. ކުޅުދުއްފުށީ ކެމްޕެއިން ޖަގަހައެއްގައި ހުޅުޖަހައި ގެއްލުން ދިން މައްސަލައެއްގައި އިއްޔެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަންވަރު މުހައްމަދު، 31، ހައްޔަރުކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފިލުމަށް ރާއްޖޭން ބޭރަށް ދިއުމަށް ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަންވަރު ފުރަން އެއާޕޯޓަށް ގޮސް ހުރީ ހާޒިރުވުމަށް ޗިޓް ފޮނުވުމުން ވެސް ހާޒިރު ނުވެ ހުރުމަށް ފަހު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އަންވަރު ހައްޔަރުކޮށްފައި ވަނީ ގާނޫނާއި އެއްގޮތަށްކަަށް ނިންމާ، އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

މި މަހުގެ 16 ވަނަ ދުވަހު އަންވަރު ރޯކޮށްލާފައި ވަނީ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާ އަށް ވާދަކުރި ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގަ އެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top