ކުޅިވަރު
ލެސްޓާ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ

ކުއީންސް ޕާކް ރޭންޖާސް ކައިރިން ލީޑްސް ޔުނައިޓެޑް ބަލިވުމުން ލެސްޓާ ސިޓީ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ 4-0 ގެ ނަތީޖާއަކުން ލީޑްސް ބަލިވުމުން، އެ ޓީމު އޮތީ ލެސްޓާ އަށްވުރެ ހަތަރު ޕޮއިންޓު ފަހަތުގަ އެވެ. ލީޑްސް އަށް ބާކީ އެންމެ މެޗެއް އޮތުމާއެކު، ލެސްޓާ އަށްވުރެ ކުރިއެރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ.

މިދިޔަ ސީޒަނުގައި ރެލިގޭޓްވި ލެސްޓާގެ އަމާޒަކީ 100 ޕޮއިންޓު ހަމަކޮށް، ޗެމްޕިއަނުންގެ ގޮތުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމެވެ. މިވަގުތު އެ ޓީމަށް 94 ޕޮއިންޓު ލިބިފައިވާއިރު، ބާކީ އަދި ދެ މެޗު އެބަ އޮތެވެ.

ތިން ވަނައިގައި އޮތް އިޕްސްވިޗަށް ހޮނިހިރު ދުވަހުގެރޭ ހަލް ސިޓީ ބަލިނުކުރެވިއްޖެނަމަ، ހޯމަ ދުވަހު ލެސްޓާ އަށް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ހޯމަ ދުވަހު ލެސްޓާ ނިކުންނާނީ ޕްރެސްޓަން އާ ދެކޮޅަ ށެވެ.

ސީޒަނުގައި ބާކީ އޮތް ތިން މެޗުން ފަސް ޕޮއިންޓު ހޯދައިގެން، ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމުގެ ފުރުސަތު އިޕްސްވިޗަށްވެސް އެބަ އޮތެވެ.

9
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top