މިދިޔޔަ އަހަރު ނެޓްފްލިކްސްއިން ދެއްކި އިންޑިއާގެ މަގުބޫލު ވެބް ސީރީޒްއެއް ކަަމަށްވާ "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަނުގެ ޓްރެއިލާ ދައްކާލައިފި އެވެ.
އެ ޓްރެއިލާގައި ފެނިގެންދަނީ ސީރީޒްގައި ހިމެނޭ މުހިންމު ތަރިންތައް އެކަންޏެވެ. އެ ގޮތުން ސައިފް އަލީހާންގެ އިތުރުން ނަވާޒުއްދީން ސިއްދީގީ ފާހަަގަކޮށްލެވެއެވެ.
ކުރީގެ ސީރީޒްއިން ނުފެންނަ ބައެއް އާ ތަރިންވެސް ވަނީ މި ސީރީޒްގައި ހިމަނާފައެވެ. އެ ގޮތުން ޕަންކަޖް ތުރިޕަތީ އަދި ރަންވީރު ޝޯރޭ ހިމެނެ އެވެ.
މި ސީރީޒްގެ ފުރަތަމަ އެޕިސޯޑްއަކީވެސް ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ބައެކެވެ. އެ ފަހަރުގެ ސީޒަން ބެލުންތެރިންނާއި ހިސާބަށް ގެނެސްދީފައިވަނީ 8 އެޕިސޯޑްގެ މައްޗަށް ބަހައިގެންނެވެ.
"ސެކްރެޑް ގޭމްސް" އަކީ އަނުރާގް ކެޝަޕާއި ވިކްރަދަތިޔާ މޮޓްވާނޭ ޑައިރެކްޓް ކުރާ ސީރީޒްއެެކެވެ.