ކުޅިވަރު
ވިލިމާލޭގައި ކުޅިވަރު ވަސީލަތް ގާއިމުކުރުމަށް ސިޓީ ކައުންސިލާއި ސްޕޯޓްސް މިނިސްޓްރީ މަޝްވަރާކޮށްފި

ވިލިމާލޭގައި އައު ކުޅިވަރު ވަސީލަތްތަކާއި، މިހާރު ހުރި ވަސީލަތްތައް އިތުރަށް ރަނގަޅު ކުރުމަށް މާލޭ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން މަޝްވަރާކޮށްފި އެވެ.

ބުދަ ދުވަހު ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓްރީ ތަމްސީލު ކުރައްވާފައިވަނީ މިނިސްޓާގެ ނައިބު އިބްރާހީމް ފާއިދު އެވެ. ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޭޔާ، އާދަމް އާޒިމް އެވެ.

ވިލިމާލޭގައި ގާއިމުކުރާނެ ކުޅިވަރު ވަސީލަތްތަކާއި، އެކަންކަމަށް ބިން ހަމަޖެއްސުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން، މިހާރު ބޭނުންކުރާ ބެޑްމިންޓަން ކޯޓް ފުޅާކުރުމާއި، ބާސްކެޓްބޯޅަ ކޯޓު ތަރައްގީ ކުރުމާއި، އައުޓްޑޯ ޖިމަށް ބޭނުންވާ ސާމާނު ހޯދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ. މީގެއިތުރުން، މާލޭގެ ބައެއް އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު ހޯދުމަށްވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މޭޔާ އާޒިމް ވިދާޅުވީ، އެއީ ވަރަށް ޕޮސިޓިވް ބައްދަލުވުމެއް ކަމަ ށެވެ. އެގޮތުން، ވަސީލަތްތައް ގާއިމުކުރުމަށް ސިޓީ ކައުންސިލުން ބިން ހަމަޖައްސަން ނިންމާފައިވާއިރު، މިނިސްޓްރީގެ އެހީތެރިކަމާއެކު އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެހިގެންދާނެ ކަމަށް މޭޔާ ވަނީ ވިދާޅުވެފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top