ކުޅިވަރު
ޓޮޓެންހަމް ބަލިކޮށް ޗެލްސީން އުއްމީދު އައުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީން ޔޫރަޕުގެ މުބާރާތެއް ކުޅުމުގެ އުއްމީދު އައުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ޗެލްސީ އަށް ކުރިހޯދައިދިނީ ޓްރެވާ ޗަލޯބާ އެވެ.

ދެވަނަ ހާފު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޓޮޓެންހަމް އިންނެވެ. ނަމަވެސް، މެޗުގެ 72 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ވަނީ ގޯލެއް ޖަހައި، ޗެލްސީ އަށް ލީޑު ފުޅާކޮށްދީފަ އެވެ.

މިއާއެކު ޗެލްސީން ވަނީ މި ސީޒަނުގައި ދެފަހަރު ޓޮޓެންހަމް ބަލިކޮށްފަ އެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

ވިދިވިދިގެން ތިން މެޗުން ބަލިވި ޓޮޓެންހަމް އޮތީ 60 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ. އަދި ޗެލްސީ ވަނީ 51 ޕޮއިންޓާއެކު އަށް ވަނަ އަށް ޖެހިލާފަ އެވެ. ޓޮޓެންހަމްގެ މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top