ޚަބަރު
1000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުއެއް ޗައިނާ ކުންފުންޏަކަށް

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުއެއް ފަށައިފި ކަމަށް ކޮންސްޓްރަކްޝަނާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މި މި މަޝްރޫއުގެ ޑިވެލޮޕާއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗައިނާ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމުގައިވާ ސައިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއި އެވެ.

މިކަމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ސައިނޯހައިޑްރޯ ކޯޕަރޭޝަން އިން އިއްޔެ ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ސައިނޯހައިޑްރޯގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއާންޒޫ އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތަކީ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލް ތައްޔާރުކުރުމެވެ.

މި މަޝްރޫއުގެ އިތުރު މައުލޫމާތުތައް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައި ނުވެ އެވެ.

5
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top