ކުޅިވަރު
އާސެނަލް އާއި ސިޓީ މޮޅު، ލީގު ރޭހުގެ ފޯރި ގަދަ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ މޮޅުވެ، ލީގުގެ ފޯރި އިތުރަށް ގަދަވެއްޖެ އެވެ.

އާދިއްތަ ދުވަހުގެރޭ އާސެނަލް އިން ވަނީ ޓޮޓެންހަމްގެ ދަނޑުގައި 3-2 ގެ ނަތީޖާއަކުން އެ ޓީމު ބަލިކޮށްފަ އެވެ.

މެޗު ފެށިގެން 15 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޕިއޭ އެމީލް ހޮއިބިއާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. އޭގެ ފަހުން، ސަކާ އާއި ހަވާޓްޒް ޖެހި ގޯލުތަކާއެކު އާސެނަލް އިން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑަކުންނެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމް އަށް އުއްމީދެއް ލިބުނީ ކްރިސްޓިއަން ރޮމޭރޯ ޖެހި ގޯލާއެކު އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސޮން ވަނީ ފަރަގު ކުޑަކޮށްދިފަ އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކުރެވޭ ގޮތެއް ނުވި އެވެ.

ސިޓީ އިން ވަނީ ނޮޓިންހަމްގެ ދަނޑުގައި 2-0 އިން އެ ޓީމު ބަލިކޮށްފަ އެވެ. ސިޓީގެ ގޯލުތައް ޖެހީ ޖޮސްކޯ ގްވާޑިއޯލް އާއި ހާލަންޑެވެ. ހާލަންޑް މެޗު ފަށާފައިވަނީ ބެންޗުންނެވެ.

މި ނަތީޖާ އާއެކު އެއް މެޗު އިތުރަށް ކުޅެ، އާސެނަލް އެއް ވަނައިގައި އޮތީ 80 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ސިޓީ އޮތީ 79 ޕޮއިންޓާއެކު އެވެ. 75 ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ލިވަޕޫލް ވަނީ ލީގު ރޭހުން ބޭރު ވުމާއި ގާތަށް ޖެހިލާފަ އެވެ.

 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top