އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)، ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރައްވާފައިވަނީ 17 ނޮވެންބަރު 2018 ގައެވެ. އުމުރުފުޅުން 30 އަހަރުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ވެރިކަމަށް ވަޑައިގެންނެވުމާއި ހަމައަށް، ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެވެ. ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅުގެ މެމްބަރު ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވެއެވެ. ރާއްޖެއަށް ފުރިހަމަ ދިމަޤްރާތީ ނިޒާމެއް ގެނައުމަށް އެމްޑީޕީ އިސްވެ އޮވެ 2003 ވަނަ އަހަރު ފެށި މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ފެހި ޤާނޫނު އަސާސީ އެކުލަވާލެއްވުމަށް އެއްކުރެވުނު ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފަ އެވެ. ވެރިކަމުގެ ހުވާކުރެއްވުމާއި ހަމައަށް އެމަނިކުފާނު ހުންނެވީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަމުގަ އެވެ.