17 ނޮވެމްބަރު 2013 ގައި ވެރިކަމުގެ ހުވާކުރެއްވި އަބްދުﷲ ޔާމީން ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވިނަމަވެސް އިންތިހާބުގައި ކުރިމަތިލައްވަންޖެހުނީ ނާކާމިޔާބާ އެވެ. ސިޔާސީ ދާއިރާއަށް އެމަނިކުފާނު ވެދެވަޑައިގެންނެވީ 1993 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައި ވެއެވެ. ވެރިކަމުގައި ހުންނަވާ މަނީލޯންޑަރކުރެއްވިކަމަށް ކޯޓުން ހުކުމްކުރެއްވުމާއި ގުޅިގެން އެމަނިކުފާނު މިވަގުތު ހުންނެވީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރެއްވުމުގަ އެވެ. ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ގިނަ މަޤާމުތަކެއް ފުރުއްވިއެވެ. އަދި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ކަމުގެ މަޤާމު 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވިއެވެ