ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް ހަވާލުވުމުގެ ކުރިން މުހައްމަދު މަބްރޫކް އަޒީޒް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ. މަބްރޫކު ވަނީ، ކޮވިޑް-19 އާ ގުޅޭ ކަންތައްތައް ބަލަހައްޓަމުން ދިޔަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ސްޕޯކްސްޕާސަންކަން ވެސް ކުރައްވައިފަ އެވެ. ޕޮލިޓިކަލް ސައިންސް އަދި ޕަބްލިކް ސްޕީކިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މަބްރޫކް، 2019 ވަނަަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެވެ. ނަމަވެސް ހަނި ގޮތަކުން އެ ގޮނޑި އޭނާއަށް ނާކާމިޔާބުވެވަޑައިގެންނެވީ އެވެ.