މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަން (ފޮރެސްޓްރީ، ޕޯލްޓްރީ، އެނިމަލް ހަސްބަންޑްރީ) ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި، މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމާބެހޭ ސިޔާސަތު ކަނޑައަޅައި، އެކަންކަން ތަންފީޒުކުރާނެ ގޮތްތައް ރާވައި، ހިންގައި ބެލެހެއްޓުމެވެ.