މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމުގައި ހުންނެވި އައްޝެއިޚް އިމްރާން އަބްދުﷲ އަކީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖެ ފުރޮޅުމާއެކު 2005 ވަނަ އަހަރު އުފެއްދި ޢަދާލަތު ޕާޓީގެ ރައީސް އެވެ. ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މެއި ޑޭ އެއްވުމުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން، ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް، 12 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ، އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފައެވެ.