މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ފާހަގަ ކުރެވިފައިވަނީ ކުޅަދާނަ ޤާނޫނީ ވަކީލެއްގެ ގޮތުގައެވެ. މިޑްލްސެކްސް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ލޯ (އެލްއެލްބީ) ފުރިހަމަ ކުރައްވާފައިވާ ފައްޔާޒް އިސްމާއިލް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. މީގެ އިތުރުން މުއާސަލާތީ ކުންފުނި ދިރާގުގެ ބޯޑު ޑިރެކްޓަރުކަންވެސް މީގެ ކުރިން ކުރައްވާފައިވެއެވެ