އޯގަސްޓް، 7، 2008 ވަނަ ދުވަހު ޢަމަލު ކުރަން ފެށުނު ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ފަދައިން، އިލެކްޝަންސް ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޢާންމު ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަން ކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމެވެ.