ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ސިޔާސީ މައިދާނުގައި ފެނިގެންދިޔައީ އަދާލަތު ޕާޓީގެ ތެރެއިންްނެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި ސަރުކާރުގެ ވަޒީރުކަން މުއިއްޒަށް ލިބިވަޑައިގެންނެވީވެސް އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. އޭގެފަހުން ރައީސް ޔމީންގެ ވެރިކަމާއެކު މުޅި ޖުމްލަ ހަތް އަހަރު ހައުސިންގ މިނިސްޓަރުކަން މުއިއްޒު ކުރެއްވެވި އެވެ. ޑރ. މުހައްމަދު މުއިއްޒަކީ މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މާޔަރު އެވެ.