މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގހަމްގެ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައި ސަސްޓެއިނަބަލް ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ދާއިރާ އިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލް ކުރައްވާފައެވެ. ރައީސް މަޢުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ހިންގެވުމާއި، 2013 ވަނަ އަހަރުގެ ނޮވެމްބަރުން 2018 ވަނަ އަހަރާއި ދެމެދު ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރކަން ކުރައްވާފައިވެއެވެ. އަދި ރައީސް މައުމޫންގެ ރިޔާސީ ފަހު ދައުރުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބުގެ މަޤާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމުގެ އިތުރުން މިނިސްޓަރ އޮފް އެންވަޔަރަމަންޓްގެ މަޤާމް އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވެއެވެ.