ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވުހާން ސިޓީންނެވެ. 2019 ޑިސެންބަރ މަހުގެ 31 ވަނަ ދުވަހު ވުހާންގައި މިވައިރަސް ފެތުރޭކަމަށް ރަސްމީކޮށް އިޢުލާނުކުރި އެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ދުވާލެއްގެ މައްޗަށް މި ބަލި ޖެހޭ މީހުންގެ އަދަދު މިލިއަނަށް އަރައި، ދުވާލެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންގެ އަދަދު ލައްކައިން އަރަ އެވެ.