ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމަށް މަޙްލޫފް ވަޑައިގެންނެވީ އެމްޑީޕީގެ ސްލޮޓެއްގައެވެ. ޑީއާރުޕީއާއެކު ސިޔާސީ މައިދާނުން ފެނުނު މަހުލޫފް ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ. އޭގެފަހުން 17 އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި މަހުލޫފް ވަނީ ޕީޕީއެމްގެ އިސް މަޤާމުތައްވެސް އަދާކުރައްވާފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެތަކެއް އަނިޔާތަކެއް ލިބިވަޑައިގެން، ޖަލުގައި ދުވަސްތައް ހޭދަކުރެއްވި މަހުލޫފަށް ވަނީ އެމްނެސްޓީގެ ޟަމީރުގެ ގައިދީގެ ލަގަބާއި ޕީޖީއޭގެ ޑިފެންޑަރ އޮފް ޑިމޮކްރަސީގެ އެވޯޑް ވެސް ލިބިވަޑައިގެންފަ އެވެ.