މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓެއެވެ. ޚާރިޖީ ދާއިރާގައި އަބްދުﷲ ޝާޙިދު ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 1983 ވަނަ އަހަރު ފޮރިން ސަރވިސް އޮފިސަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާ ގުޅިވަޑައިގެންނެވި ހިސާބުންނެވެ. 23 އޮގަސްޓް 2007 އިން ފެށިގެން، 11 ނޮވެމްބަރު 2008 އަށް ޝާހިދު ޚާރިޖީވަޒީރުގެ މަޤާމުގައި ހުންނެވުމަށްފަހު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވެއެވެ.