އިލެކްޝަނުން އިންތިޚާބުތަކުގައި އެންމެ ބޮޑު ޚަރަދެއް ކުރަނީ ވޯޓުލާ މަރުކަޒުތަކަށް ވޯޓު ކަރުދާހާއި ވޯޓުފޮށި އަދި އޮފިޝަލުން ފޮނުވަން ކުރާ ދަތުރަށް. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ވޯޓު ކަރުދާހައި އޮފިޝަލުން ފޮނުވުމަށްވެސް ބޮޑު ހޭދައެއް ހިނގާ.