ނޮޅިވަރަންފަރު ފަރަށް އުރުނު "އަލިސާފު" ދޯނި

ހދ. ނޮޅިވަރަންފަރު ނެރުމައްޗަށް މުދާއުފުލާ ދޯންޏެއް އުރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ނޮޅިވަރަންފަރު ނެރުމައްޗަށް އުރިފައިވަނީ ތިން މީހުނާއި އެކު ދަތުރުކުރި "އަލިސާފު" ނަމަކަމަށް ކިޔާ ދޯންޏެއް ކަމަށެވެ.

މިހާދިސާ ހިނގިއިރު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެދޯންޏަކީ 90 ފޫޓްގެ ދޯންޏެއް ކަމަށާއި، ދޯނި ނެރުމައްޗަށް އުރިފައިވަނީ އެރަށު ފަޅަށް ވަންނަން އުޅެނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 20:51 ގައި ކަމަށާއި އެމްއެންޑީއެފްގެ ނަދަން އޭރިއާ ކޯސްޓްގާރޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދަނީ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *