އިސްރާއީލާއެކު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމަށް މޮރޮކޯއިން ނިންމިކަން ހާމަކޮށްފިއެވެ. މި އެއްބަސްވުން ގާއިމްކުރުމަށް މޮރޮކޯއިން ނިންމުމާއި ގުޅިގެން އެ ގައުމު ވެގެންދިޔައީ ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުން ގާއިމްކުރުމަށް ނިންމި ހަތަރުވަނަ އަރަބި ގައުމަށެވެ. 

މި ގުޅުން ގާއިމްކުރުމަށް މެދުވެރިޔެއްގެ ރޯލް އަދާކޮށްފައިވަނީ އެމެރިކާއިންނެވެ. އަންގާރަ ދުވަހުގެ ވަގުތެއްގައި މޮރޮކޯގެ ރަސްގެފާނަށް ގުޅުއްވައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުން ފައިނަލް ކުރައްވާފައެވެ. މޮރޮކޯގެ ކުރިން ޔޫއޭއީ، ބަހްރައިން އަދި ސޫދާނުން ވެސް ވަނީ އިސްރާއީލާއެކު ރަސްމީކޮށް ގުޅުން ގާއިމްކޮށްފައެވެ. 

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މިއީ ތާރީޚީ ނިންމުމެއް ކަމަށް ވިދާޅުވެ މިއީ މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް މުހިންމު އެއްބަސްވުމެއް ކަމަށް ޓްވީޓް ކުރައްވާފައެވެ. 

މި އެއްބަސްވުމާއެކު މޮރޮކޯއިން އިސްރާއީލަށް ރަސްމީ ވައިގެ ދަތުރުތައް ފަށައި އިސްރާއީލުގެ ރައްޔިތުންނަށް މޮރޮކޯއަށް ދަތުރުކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ. އަދި އިސްރާއީލްގައި އެމްބަސީއެއް ހުޅުުވުމުގެ ކުރިން ތެލްއަވީވްގައި ލިއޭސަންގެ އޮފީހެއް މޮރޮކޯއިން ހުޅުވުމަށް ވަނީ ނިންމާފައެވެ. އަދި މޮރޮކޯގެ ކުންފުނިތަކާއި އިސްރާއީލުގެ ކުންފުނިތަކާއި ދެމެދު ވިޔާފާރީގެ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެނިހެން ދާއިރާތަކުން ވެސް ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.