ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލުހު، ކުވޭތުގެ ބޮޑުވަޒީރުކަމަށް އަލުން އިންތިޚާބުވެ ވަޑައިގެންނެވި ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖުގައި ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި ކުވޭތުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުވޭތާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުންވެސް އިތުރަށް ވަރުގަދަވާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ކުވޭތުން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުން، ކުވޭތުގެ އެހީގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާއަށް ވަރަށް ހެޔޮ ބަދަލުތައް އައިސްފައިވެއެވެ.

ބޮޑު ވަޒީރުކަމުގެ މަގާމަށް އައްޔަންކުރެވުނު ޝޭހް ސަބާހް ވަނީ ކުރިންވެސް އެ ގައުމުގެ ބޮޑު ވަޒީރުކަން ކުރައްވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ ފަހަރަށް ބޮޑު ވަޒީރު ކަމުގެ މަގާމަށް އެމަނިކުފާނު އައްޔަންކުރެވުނީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން، 2011 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ.

ކުވެއިތުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ބޮޑު ވަޒީރު ކަމުގެ މަގާމަށް ޝޭހް ސަބާހް އައްޔަންކުރެވުނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ކެބިނެޓް އެކުލަވާލުމުގެ ހުއްދަ ރަސްމީކޮށް މިހާރު އެމަނިކުފާނަށް އަމީރުވަނީ ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.