އޮޑިޓަރ ޖެނެރަލްގެ 2020 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމަށް އޮޑިޓް ފަރމް އެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މި މަސައްކަތް ކުރުމަށް އެ އިދާރާއިން ހޯދަމުން އަންނަނީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް
އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސް ޚިދުމަތްދިނުމުގެ
ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފަރމްއެކެވެ.
މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޑިސެންބަރު 2020 ވާ
ބުރާސްފަތި ދުވަހުގެ 00:11 އަށް ރައްޔިތުންގެ މަޖިލ ހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03
ޖަނަވަރ 2021 ވާ އާދިއްތަ ދުވަހުގެ 00:11 އަށް އަންދާސީސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.