ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމް.އެން.ޑީ.އެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމް.އެން.ޑީ.އެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގއ.މާމެންދޫއަށް ނިސްބަތްވާ "ކޯމަސް" ނަމަކަށް ކިޔާ ދޯންޏެއްގައެވެ. ބުޅި ހެރުނު ފަޅު ވެރިއަކީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހާދިސާ ހިނގިކަމުގެ މައުލޫމާތު އެމް.އެން.ޑީ.އެފްއަށް ލިބިފައިވަނީ 11:30 ހާއިރުއެވެ.
މިގޮތުން، ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމް.އެން.ޑީ.އެފްގެ ސަދަރން އޭރިއާ ސީޖީ ސްކުއަޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. "ކޯމަސް" ދޯނި އޭރު އޮތީ ގއ.އެކަފަރު ގެ އިރު އުތުރުން 1.5 ނޯޓިކަލް ބޭރުގައެވެ.
އެމް.އެން.ޑީ.އެފް އިން އިތުރަށް ބުނެފައިވަނީ އޭނާ ފަރުވާއަށް ގއ.އެޓޯލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.