އަންހެން ކުދިން ހިތާނުކުރުމުގެ ނަމުގައި ހިންގާ، ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް) އަކީ އެފްރިކާ ސަރަހައްދުގައި އާއި އޭޝިއާގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް ކުރަމުން އަންނަ ކަމެކެވެ. ބައެއް ތަންތަނުގައި ސިއްހީ ކަމެއްގެ ގޮތުގައި ކުރަމުން އަންނައިރު، ގިނަ ސަރަހައްދުތަކުގައި މިކަން ކުރަމުން އަންނަނީ ދީނީ ކަމެއްގެ ގޮތުގައި އެވެ.
މިވާހަކަ މިފަހުން ދެކެވެން ފެށީ އެޗްއާރުސީއެމްއިން، ރާއްޖޭގައި އަނެއްކާވެސް އެ ސަގާފަތް އާލާވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރުމުން މިކަމާ މެދު އާއްމުންގެ ކަންބޮޑުވުން އިންތިހާ އަށް އޮއްވަ އެވެ. ދެން ފެނުނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ވެސް މި ލާއިންސާނީ އަމަލަށް ހިތްވަރުދޭން ފެށި މަންޒަރު އެވެ. އަންހެންކުދިން ހިތާނު ކުރުމަކީ ދީނީ ކަމެއް ކަމަށް ދޭހަވާ މޭރުމުން ބަސްވިދާޅުވާން ފެށި މަންޒަރު އެވެ.
އިންފޯކަސްގައި މި ހިމާނަލީ މިކަމާއި ގުޅިގެން "ޖަޒީރާ" ގެ ނޫސްވެރިޔާ އުމްނާ އިސްމާއިލް "އަންހެން ކުދިން ހިތާނުކުރުން: ހިތްވަރު ދިނުން ވެސް ބަލައިނުގަނެވޭނެ!" މި މައުލޟޫގައި ލިޔެފައިވާ ރިޕޯޓް އެވެ.
އަންހެން ކުދިން ހިތާނުކުރުން: ހިތްވަރު ދިނުން ވެސް ބަލައިނުގަނެވޭނެ!