ޑްރޯންއެއްގެ އެހީގައި ކ. މާފުށީ ޖަލަށް ތަކެތި ވައްދަން އުޅެފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ތަކެތި އެތެރެ ކުރަން ބަޔަކު އުޅުނީ ރޭގެ ވަގުތެއްގަ އެވެ. އެގޮތުން އަށް މޯބައިލް ފޯނާއި، ހަ ޗާޖަރާއި، ވައިފައި ރައުޓަރަކާއި، ޔޫއެސްބީ ކޭބަލްތަކަކާއި ދެ ސިމް ކާޑު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިތަކެތި ވަނީ އަތުލައިގަނެ، ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. މީގެ ކުރިން ވެސް އެކި ގޮތްގޮތަށް މަނާ ތަކެތި ޖަލަށް ވައްދަން މަސައްކަތް ކުރެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.