ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައިވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. 

އެމްޓީސީސީއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި މަސައްކަތް ފެށުމަށްޓަކައި މޮބަލައިޒްކުރެވުނީ 7 ޑިސެމްބަރު 2020 ގައެވެ. މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑުހިލަ ބޭނުންކޮށްގެން 350 މީޓަރ ބޭރު ތޮށި ހެދުމާއި، 276 މީޓަރ އެއްގަމު ތޮށި ހެދުމާއި، 10 މޫރިން ބުލޮކް ލުމާއި، 14 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ. 

މީގެއިތުރުން، 1380 ސްކެއަރ މީޓަރ ޕޭވްމަންޓްއެއް ހެދުމާއި، 25000 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 6000 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، 500 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި 50 މީޓަރުގެ ގުރޯއިން ޖެހުމަށްވެސް ވަނީ ނިންމާފައެވެ.

މިއީ 56,321,095.38 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.