މޯލްޑިވްސް މީޑިއާ ކައުންސިލުން އިސްނަގައިގެން ދޭ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހާއްސަ ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރޭ ޓީވީއެމް ސްޓޫޑިއޯގައި އޮތް ޖަލްސާގައި 13 ދާއިރާއަކުން އެވޯޑް ދީފައިވެއެވެ. މި ދާއިރާތަކުން ލިބިފައިވާ 80 ހުށަހެޅުން ފަނޑިޔާރުން ބެލުމަށްފަހު، 10 ފަރާތަކަށް އެވޯޑް ދީފައިވެއެވެ. ބްރޯޑްކާސްޓިންގ އަދި ޕްރިންޓް/އޮންލައިން ކެޓެގަރީ ވަކިން އެވޯޑް ދީފައިވާއިރު، މި ދެ ދާއިރާއިންވެސް އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ ފީޗަރ/ރިޕޯޓް ކެޓެގަރީއަށެވެ. 

ޕްރިންޓް/އޮންލައިންގެ ފީޗަރ ދާއިރާއަށް 24 ހުށަހެޅުން ލިބިފައިވާއިރު، މި ދާއިރާ ކާމިޔާބުކޮށްފައިވަނީ މިހާރު ނޫހުގެ ޖާނަލިސްޓް މުހައްމަދު ހަމްދޫންއެވެ. ބްރޯޑްކާސްޓިންގ ކެޓެގަރީއިން ފީޗަރ އަށް 5 ހުށަހެޅުން ލިބިފައިވާއިރު، މި ދާއިރާއިން އެވޯޑް ހޯދީ ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް ޝުރުފާ މުހައްމަދުއެވެ. 

2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މިފަހަރު އާ ދެ ކެޓެގަރީއެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ ތަހްގީގީ ނޫސްވެރިކަމުގެ ދާއިރާ (އިންވެސްޓިގޭޓިވް ޖަރނަލިޒަމް) އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއެވެ. މީގެތެރެއިން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ ކާމިޔާބުކުރީ ސަން އޮންލައިންގެ މުޒައްޔިން ނާޒިމްއެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް، އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑްވެސް ހޯދާފައެވެ.

އެވޯޑް ލިބުނު ފަރާތްތައް:

ޕްރިންޓް އޮންލައިން

 • އިންވެސްޓިގޭޓިވް ދާއިރާ - މުހައްމަދު މުޒައްޔިން ނާޒިމް (ސަން އޮންލައިން)
 • އިޖްތިމާއީ ދާއިރާ - ޝަފްނާ ހުސައިން (ސަން އޮންލައިން)
 • ސިޔާސީ ދާއިރާ - މުހައްމަދު ވިޝާމް (އަވަސް އޮންލައިން)
 • ޝަރުއީ އަދި ޤާނޫނީ ދާއިރާ - މުއިއްޒު އިބްރާހީމް (މިހާރު)
 • ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ - އީމާން އަންވަރު (އަވަސް އޮންލައިން)
 • ކުޅިވަރު ދާއިރާ - މުހައްމަދު ހަމްދޫން (މިހާރު)
 • ވިޔާފާރި އާއި އިގްތިޞާދުގެ ދާއިރާ - މުހައްމަދު އަފްރާހް (އަވަސް އޮންލައިން)
 • ފީޗާ ރިޕޯޓް - މުހައްމަދު ހަމްދޫން (މިހާރު)

ބްރޯޑްކާސްޓިން

 • ވިޔާފާރި އާއި އިގްތިޞާދުގެ ދާއިރާ - ސިމާހާ ނަސީމް (ރާއްޖެ ޓީވީ)
 • ފީޗާ ދާއިރާ - ޝުރުފާ މުހައްމަދު (ވީޓީވީ)
 • ފޮޓޯ ޖާނަލިޒަމް ދާއިރާ - ނިޝާން އަލީ (މިހާރު)
 • ވީޑިއޯ ޖާނަލިޒަމް ދާއިރާ - ޝުރުފާ މުހައްމަދު (ވީޓީވީ)

އެންމެ އުންމީދީ ނޫސްވެރިޔާ

މުހައްމަދު މުޒައްޔިން ނާޒިމް (ސަން އޮންލައިން)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.