ސްޕެއިންގެ ގައުމީ އެއަރލައިން ކަމަށްވާ އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް މިއަދު ޖައްސާފައިވާ އައިބީރިއާގެ ފްލައިޓާއެކު މާލެ އާއި ސްޕެއިންގެ ވެރިރަށް މެޑްރިޑާއި ދެމެދު ހަފްތާއަކު ތިން ޑައިރެކްޓް ފްލައިޓް ބާއްވާނެ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

އައިބީރިއާގެ ފްލްއިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް މިއަދު ޖެއްސުމާއެކު ރާއްޖެއަށް މި ފްލައިޓުން އައިސްފައިވާ ފަތުރުވެރިންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ރަނގަޅު ވަމުން އައުމާއެކު ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ އަނެއްކާވެސް ރާއްޖެއާ ދެމެދު ކުރިން ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ރާއްޖެ އާއި ޕޮލެންޑާއި ދެމެދުވެސް ވަނި ބްލޫ ޕެނަރޯމާގެ ލޫކް އެއަރ މެދުވެރިކޮށް ޑައިރެކްޓް ފްލައިޓުތައް ފަށާފައެވެ.

މި އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޔޫރަޕްގެ ގައުމުތަކުން މިހާތަނަށް ރާއްޖެއަށް 228،511 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އައިބީރިއާގެ ދަތުރުތައް ފެށުމާއެކު ސްޕެއިންއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *