ކުވޭތުގެ އައު އަމީރު ޝޭހް ނަވާފް އަލް އަހްމަދު އަލް ސަބާހް އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ޝޭހް ސަބާހް އަލް ޚާލިދު އަލް ސަބާހް އައްޔަންކުރައްވައިފިއެވެ.

ބޮޑު ވަޒީރުކަމުގެ މަގާމަށް އައްޔަންކުރެވުނު ޝޭހް ސަބާހް ވަނީ ކުރިންވެސް އެ ގައުމުގެ ބޮޑު ވަޒީރުކަން ކުރައްވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ ފަހަރަށް ބޮޑު ވަޒީރު ކަމުގެ މަގާމަށް އެމަނިކުފާނު އައްޔަންކުރެވުނީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން، 2011 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. 

ކުވެއިތުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ބޮޑު ވަޒީރު ކަމުގެ މަގާމަށް ޝޭހް ސަބާހް އައްޔަންކުރެވުނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ކެބިނެޓް އެކުލަވާލުމުގެ ހުއްދަ ރަސްމީކޮށް މިހާރު އެމަނިކުފާނަށް އަމީރުވަނީ ދެއްވާފައެވެ.

މިއީ ޝޭހް ނަވާފް އަލް އަޙްމަދު އަލް ޞަބާހް ރަސްކަމުގެ ހުވާ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކުރެއްވި ފަހުން ރަސްމީކޮށް އައްޔަންކުރެވޭ ފުރަތަމަ ބޮޑު ވަޒީރެވެ. އުމުރުފުޅުން 83 އަހަރުގެ އާ އަމީރަކީ 2006 ވަނަ އަހަރުން ފެށިގެން ކުވެއިތުގެ ވަލީއަހުދެވެ. 1990 ވަނަ އަހަރުގައި ކުވޭތަށް އިރާގުގެ އަސްކަރިއްޔާއިން ވެރިވެގަންނަން މަސައްކަތްކުރި އިރު، އެ ގައުމުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދެވީ ޝޭހް ނަވާފްއެވެ. އަލް ޞަބާހް އާއިލާގައި މަޝްހޫރު ޝޭހް ނަވާފްއަކީ މަޑުމައިތިރި އަދި މީޑިއާ އާ ދުރު ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.