މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު އަނެއްކާވެސް އެމްއެމްއޭގެ ބޯޑަށް އައްޔަންކޮށްފިއެވެ. 

އެމްއެމްއޭގެ ބޯޑަށް ނީޒާ އައްޔަންކުރީ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ނީޒާއަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިއިރު އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަރާތެވެ. 

އެސްއޯއެފްއަށް ފައިސާ ދޫކުރީ ނީޒާގެ އެންގުމަކަށްކަމަށް ބީއެމްއެލްއިން ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވީ ނަމަވެސް، އެކަން ނީޒާ ވަނީ ދޮގުކުރައްވާފައެވެ. އެމްއެމްއޭގައި އަދާކުރައްވަމުން ދިޔަ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 2017 ވަނަ އަހަރުއެވެ. ބެލެވޭ ގޮތުން މިއީ އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ނަސީރު އައްޔަންކުރެއްވުމާއި ގުޅިގެން ނީޒާ ނިންމެވި ނިންމެވުމެކެވެ.

ނީޒާގެ އިތުރުން އެމްއެމްއޭގެ ބޯޑުގައި ތިއްބަވަނީ 6 ބޭފުޅުންނެވެ. އެއީ ގަވަރުނަރު އަލީ ހާޝިމް، ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު، އެސިސްޓެންޓް ގަވަރުނަރު އިދްހާމް ހުސެއިން، ފިނޭންސް މިނިސްޓްރީގެ ފަރާތުން އަޝްރަފް ރަޝީދު، އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ނީޒާ އިމާދު، އަދި ޕްރައިވެޓް ސެކްޓަރއިން އަލީ އިހުސާންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.