އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗާއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމުގެ މަސައްކަތް މިލާނުން ފަށައިފިއެވެ. 

އެމެރިކާގެ މޭޖަރ ލީގު ސޮކަރ ގައި ކުޅުމަށްފަހު އޭސީ މިލާނަށް އަލުން އެނބުރި އިބްރަހިމޮވިޗް ބަދަލުވީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އުމުރުން 39 އަހަރުވި ނަމަވެސް މި ސީޒަނުގައި މިލާނުން ހޯދަމުން އަންނަ ރަނގަޅު ނަތީޖާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކޮށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިބްރަހިމޮވިޗްއެވެ. 

މިލާނާއެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އޭނާގެ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އައުކުރާނެ ކަމަށް ނުބެލެވޭތީ މިލާނުން ވަނީ މިހާރު ވެސް ކޮންޓްރެކްޓް ކުރު މުއްދަތަކަށް އައުކުރުމުގެ މަޝްވަރާތައް ފެށުމަށް ނިންމާފައެވެ. އެހެން ނަމަވެސް ކޮންޓްރެކްޓް އައުކުރުމުގެ މަޝްވަރާތައް ކުރިޔަށް ދާނީ އިބްރަހިމޮވިޗް އެކަމަށް ޖާގަ ދިނުމުން ކަމަށް އޭސީ މިލާނުން ވަނީ ހާމަކޮށްފައެވެ. 

ކޮވިޑް 19 އަށް ޕޮސިޓވްވުމަށްފަހު މިހާރު އަނެއްކާ ވެސް އިބްރަހިމޮވިޗް ވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ގޮސްފައެވެ. ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މިލާންގެ ޖާޒީއިން އޭނާ ފެނުން އެކަށީގެންވެއެވެ. މި ސީޒަނުގައި އޭނާ ވަނީ މިލާނަށް 11 ލަނޑު ޖަހައިދީފައެވެ. އޭނާއަށް 40 އަހަރުވި ނަމަވެސް ފުޓްބޯޅަ ކުޅުން ހުއްޓާނުލާނެ ކަމަށް މީގެކުރިން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.