"އާސްކް ސްޕީކަރ" ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް މިރޭ ބާއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

އާސްކް ސްޕީކަރ އަކީ ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ ޕްރޮގްރާމްއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި އާސްކް ސްޕީކަރ ގެ ދެވަނަ ޕްރޮގްރާމް އޮންނާނީ މިރޭ 21:00 ގައެވެ.

މި ޕްރޮގްރާމްގައި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވުމުގެ ފުރުސަތު މިހާރު ވަނީ ބަންދުކުރެވިފައެވެ. މި ޕްރޮގްރާމް ޓީވީއެމް، ރާއްޖެޓީވީ އަދި ސަންގުޓީވީއާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އާސްކް ސްޕީކަރގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ 7 ޑިސެމްބަރު 2019ގައެވެ. އެ ޕްރޮގްރާމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިއީ މިފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.