2019 ވަނަ އަހަރު، މިނިސްޓްރީ އޮފް ޑިފެންސާއި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ މުއައްސަސާތައް ހިންގާފައިވާގޮތް ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުން ފާހަގަ ކޮށްފައިވާތީ އެކަމަށްޓަކައި ހުރިހާ މުއައްސަސާތައް ހިންގުމާއި ހަވާލުވެ ތިއްބެވި ވެރިންނަށާއި މުއައްޒިފުންނަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ޝުކުރު އަދާކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތައް ހިންގަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެންގީ މި މަހުގެ 2 ވަނަ ދުވަހު މިނިސްޓަރ މާރިޔާއަށް ފޮނުއްވެވި ހާއްސަ ސިޓީއެއްގައެވެ. 

މި ސިޓީއާއި ގުޅިގެން މިނިސްޓަރ މާރިޔާ ވިދާޅުވީ މި ރަނގަޅު ނަތީޖާގެ ފަހަތުގައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެބިނެޓުން ދެއްވާ އެއްބާރުލެއްވުން ކަމަށެވެ. މިކަމަށްޓަކައި ރައީސް ޞާލިހުއަށާއި ކެބިނެޓްގެ ވަޒީރުންނަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މި މުއައްސަސާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވީ 22 ޖެނުއަރީ 2020 ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.