ނޭޝަނަލް މާޝަލް އާރޓްސް ސެންޓަރާއި ހުޅުމާލޭ ޓޭބަލް ޓެނިސް ހޯލް ހުޅުވައިފިއެވެ. މި ދެ ތަން ވެސް ގާއިމްކޮށްފައިވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައެވެ. 

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ތަން ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މާޝަލް އާރޓްސްއަށް ޚާއްސަކޮށްގެން ތަމްރީން މަރުކަޒެއް ގާއިމްކުރެވިގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ 43 އަހަރަށްފަހު މާލެއިން ބޭރުގައި ޓޭބަލް ޓެނިސް އަށް ޚާއްސަ ފަރިތަކުރާނެ ފެސިލިޓީއެއް ގާއިމްކުރެވިގެންދިޔަ ފުރަތަމަ ފަހަރެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މާލޭގައި ވެސް ނޭޝަނަލް ޓީ.ޓީ. ސެންޓަރެއް ބިނާކުރުމަށް ބިމެއް ކަނޑައަޅައި، އެ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ ޓީ.ޓީ. މުބާރާތެއް ބޭއްވުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް އާއި ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ކުޅުންތެރިން ބައިވެރިވިއެވެ. މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ އެތަނުގައި ގާއިމްކޮށްފައިވާ އެހެން ކުޅިވަރުތަކުގެ ފެސިލިޓީތައް ވެސް ބައްލަވާލައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.