ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، 12 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން 36 އަހަރުގެ ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތައެވެ. މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކަން ހިނގި ރަށުގެ މައުލޫމާތު ފުލުހުން އާންމެއް ނުކުރެއެވެ.