މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ދުން އަރަމުން ގޮސްފައިވަނީ އެތާގައިހުރި ޓަޔަރު ތަކެއްގައި ރޯވެގެން ކަމަށާއި އެއްވެސް މުދަލަކަށް ގެއްލުން ނުވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
މިއަދު އެމްޕީއެލް ސަރަހައްދުން ރޯވި ވީޑިއޯތައް ސޯޝަލް މީޑިއާގައިވެސް އާންމުވެފައިވެއެވެ. މިއަދު މެންދުރު ހިނގި މި ހާދިސާގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަށް އެ ސަރަހައްދަށް ނުދެވެނީސް އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
އެމްޕީއެލް އިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާނު ރޯވެފައިވަނީ އުޅަނދުތަކުން ނައްޓާފައިހުރި ޓަޔަރުތަކެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުން ނުވެއެވެ.