ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމަކާއި ގާތްވެއްޖެއެވެ.

މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެގޮތުން، މިމަޝްރޫޢުގެ ދަށުން، ބަނދަރުގެ ވޯކްވޭ ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް 30 ޖޫން 2021 ވަނަ ދުވަހު ވަނީ ނިމިފައިވާކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ. އަދި، ހާބަރާއި ޕޭވްމެންޓު ހެދުމުގެ މަސައްކަތުގެ 72 އިންސައްތަ މިހާރު ނިމެފައިވާކަމަށްވެސް އެމްޓީސީސީ އިން ކޮށްފައިވާ ޓްވީޓުގައި ބުނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން 27،129 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 230 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން 208 މީޓަރުގެ ބޭރު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 98 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 1،560 އަކަމީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާއިރު މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ.

މި މަސައްކަތް އެމްޓީސީސީއިން ކުރަމުންދަނީ ޑިޒައިން އެންޑް ބިލްޑްގެ އުސޫލުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރއިން އެމްޓިސީސީއާ މި މަޝްރޫއު ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 34.7 މިލިއަން ރުފިޔާއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.