އޮލިމްޕިކްސް 2020 ގައި ގާތުން ކިރު ދޭ އެތުލީޓުންނަށް ދަރިފުޅު ގޮވައިގެން ޖަޕާނަށް ދެވޭނެ ކަމަށް ގޭމްސްގެ އޮބްޒާވަރުން ބުނެފިއެވެ.

ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް 2020ގެ އޮބްސްޒާވަރުންގެ ފަރާތުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ،  ގޭމްސްގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި، ބައިވެރިވާ އެތުލީޓުންނަށް އާއިލާ އާއި ރައްޓެހިންނަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. ނަމަވެސް ގާތުން ކިރުދޭ އެތުލީޓުންނަށް އެ އެތުލީޓުންގެ ތުއްތު ދަރިފުޅު ގޮވައިގެން ޖަޕާނަށް ދިޔުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޮލިމްޕިކްސްގައި ގާތުން ކިރުދޭ އެތުލީޓުން ދަރިފުޅާއެކު ގޭމްސްއަށް ދިޔުމުގެ ފުރުސަތަކަށް އެދުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރިން އޮބްޒާވަރުން ކަނޑައެޅީ އެ ފުރުސަތު ނުދިނުމަށެވެ. މިއާއެކު، އެ ފުރުސަތަށް ބޭނުންޖެހިފައިވާ އެތުލީޓުން ވަނީ ނުރުހުން ފާޅުކޮށް، އެ ނިންމުމަށް ފާޑު ކިޔައިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އެުތުލީޓުންގެ ތެރޭގައި ހިމެނޭ ކިރުމައިންނަށް ގޭމްސްގައި ހާއްސަ ހާލަތްތަކުގައި، އެ އެތުލީޓުންގެ ދަރިފުޅު ގޮވައިގެން ގޭމްސްގައި ބައވެރިވުމަށް ޖަޕާނަށް ދެވޭނެ. ނަމަވެސް. ގޭމްސްގައި ބައިވެރިވާ އެތުލީޓުންނަށް އާއިލާ މެމްބަރުންގެ އިތުރުން ރައްޓެހިން ނުގެންދެވޭނެ.

މީގެއިތުރުން، މިއަދު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އީއޯސީ) އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އޮލިމްޕިއަންސްއަށް، އެހީތެރިއަކާއެކު ގޭމްސްއަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.