ހިޔާ ފްލެޓާއި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން މިއަދު ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ތަފާތު ތިން ޕެކޭޖެއްގެ ތެރެއިން ތަކެތި ބައްލަވައިތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަނަރަ އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ މި ޕެކޭޖްތަކަށް ނަން ދެވިފައިވަނީ ރިހި، ރަން، އަދި ހުދު ރަނެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާކަމުގެ ލިޔުން އަދި ފްލެޓް ލިބުނު
ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެއެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަން ނިމުމުން ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް
ފައިސާގެ އިނާމާއި ތަކެތީގެ އިނާމު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 40،000 ރުފިޔާ، އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ތިންވަނައަށް ހޮވޭ ފަރާތަށް ލިބޭނީ 5،000 ރުފިޔާގެ ރުފިޔާގެ ވޮއުޗަރއެކެވެ. އެސްޓީއޯ އިން ބުނީ މި ވޮއުޗަރގެ
ބޭނުންކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ލިބޭނެ ކަމަށެވެ.
އެކުންފުނިން ބުނީ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ނަގާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.