ވެޓްރަން އެކްޓަރ ނަސީރުއްދީން ޝާހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ނަސީރުއްދީން ޝާހު ގެ މެނޭޖަރު ވަނީ ނަސީރުއްދީން ޝާހު މީގެ ދެ ދުވަސްކުރިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ނިއުމޯނިއާ އަށް ފަރުވާދަމުންދާކަން ޔަގީން ކޮށްދީފައެވެ.
އުމުރިން 70 އަހަރުގެ ނަސީރުއްދީން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނީ ފުއްޕާމެޔަށް ގެއްލުން ލިބިފައި ވުމުން ކަމަށާއި ނަސީރުއްދީންގެ އަންހެނުން ރަތްނާ ޕަތަކް ޝާހު އާއި ދަރިން އޭނާ އާއި އެކު ތިބިކަމަށް މެނޭޖަރު ބުނެފައިވެއެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް މެނޭޖަރު ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުވެސް ނަސީރުއްދީން ބަލިވިކަމުގެ ޚަބަރުތައް ފެންމަތިވެގެން ގޮސްފައިވެއެވެ. އެ ޚަބަރު ދޮގުކޮށް އޭނާގެ ފިރިހެން ދަރިފުޅު ވިވާން ޝާހު އޭރު ވަނީ ބައްޕަގެ ހާލި ރަނގަޅު ކަމަށް ބުނެފައެވެ.
ނަސީރުއްދީން ސާހު އަކީ އޭނާގެ ޅަދުވަސްވަރު އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނުނު ތަރިއެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ނަސީރުއްދީން މިދިޔަ އަހަރުވެސް ވަނީ އޮންލައިން ސްޓްރީމިން ދެ ފިލްމަކުން ފެނިގެންގޮސްފައެވެ. މީގެ އިތުރުން މިއަހަރުގެ ކުރީކޮޅުވެސް އޭނާ ވަނީ "ރާމްޕްރަސާދުކީ ތެހެރްވީ" އިން ފެނިގެން ގޮސްފައެވެ.