24 ނޮވެމްބަރު 2019 - ކުޅުދުއްފުށީ ހިތާނީ ކޭމްޕް 2019 ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ބައްލަވާލެއްވުން

ސްކޫލް ބަންދުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) ހިތާނީ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

ޖުލައި އަދި އޮގަސްޓް މަހު ކުރިއަށް ގެންދާ މި ހިތާނީ ކޭމްޕާއި ގުޅިގެން މައުލޫމާތު ދެމުން އައިޖީއެމްއެޗް އިން ބުނީ މިއަހަރުގެ ހިތާނުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނީ އެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެން ކަމަށެވެ. އެއަށްފަހު އެޑްމިޓް ކުރުން ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

އައިޖީއެމްއެޗް އިން ބުނީ ހިތާނުކުރުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން އޮގަސްޓު މަހުގެ 05 އާއި ހަމަޔަށް ކަމަށެވެ. އަދި މި މިއަހަރު ހިތާނުކުރާނީ ޖުމްލަ 200 ކުދިން ކަމަށެވެ.

ހޮސްޕިޓަލުން ބުނިގޮތުގައި ނަން ނޯޓްކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. އަދި ޖުލައި 7 ގެ ނިޔަލަށް ނަން ނޯޓުކުރުން ކުރިއަށްދާނެއެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 13:00 އާއި ދެމެދު ނަން ނޯޓު ކުރުން ކުރިއަށްދާނެއެވެ.

އައިޖީއެމްއެޗް އިން ބުނީ ހިތާނުކުރުމަށް އޮޕަރޭޝަން ތިއޭޓަރަށް ގެންދާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ރިޕޯޓެއް އޮންނަންޖެހޭނެ ކަމަށެވެ. މި ޓެސްޓު ހެދުމުގެ އިންތިޒާމު އައިޖީއެމްއެޗް އިން ހަމަޖައްސައިދެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.