މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރަށް މެންބަރުން އިންތިހާބުކޮށްފިއެވެ. މިއަދު ބާ ޖަމާލުއްދީންގައި މީޑިއާތަކުން ވޯޓުލާ އިންތިހާބު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވޯޓުލުމަށް 199 މީޑިއާއަކުން ރަޖިސްޓްރީކުރިއިރު 187 މީޑިއާއަކުން މިއަދުގެ އިންތިހާބުގައި ވޯޓު ލާފައިވެއެވެ. މީޑިއާ ތަމްސީލް ކުރާ މެންބަރުންގެ ގޮތުގައި އާ ދައުރަށް ހަތް މެންބަރުން ހޮވަން ޖެހޭއިރު 15 ކެންޑިޑޭޓަކު ކުރިމަތިލިއެވެ.
އޭގެ ތެރެއިން އިންތިހާބު ކާމިޔާބުކޮށްފައިވަނީ ތިރީގައިވާ ކެންޑިޑޭޓުންނެވެ؛
އަލީ ހުސައިން (ޕީއެސްއެމް) - 152 ވޯޓު
މުއިއްޒު އިބްރާހިމް، (މިހާރު) - 99 ވޯޓު
އާދަމް ނަވާޒް، (ވަގުތު އޮންލައިން) - 92 ވޯޓު
ހަސަން ޝާކިރު މުހައްމަދު، (އަސްދަނޑި) - 88 ވޯޓު
އާދަމް ނަޒީރު، (27 އޮންލައިން) - 97 ވޯޓު
ޝަހުބާން ފަހުމީ، (ސަންގު ޓީީވީ) - 94
ހުސައިން ސަގީފް، (ތިލަދުން) - 97
އާންމުންގެ މެންބަރުންގެ ގޮތުގައި ހަ މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު ވާދަވެރި އިންތިހާބުގައި 14 ކެންޑިޑޭޓަކު ކުރިމަތިލިއެވެ. މިހާރު އޮތް މީޑިއާ ކައުންސިލްގެ ދައުރު ހަމަވާނީ މި މަހުގެ 11 ވަނަ ދުވަހަށެވެ. އޭގެ އަނެއް ދުވަހު އާ މެންބަރުން، މެންބަރުކަމާ ހަވާލުވާނެއެވެ.